ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

Ad
rt

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ، ގިނަ ބައެއްގެ މަގުބޫލުކަން ވެސް ހޯއްދަވާފައިވާ ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައިވާ އިބްރާހިމް މަނިކުގެ ހިދުމަތްތަކުގެ އަގުވަޒަންކުރައްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ހަފްލާގައި ވަނީ ބްރޯޑްކާސްޓިންގ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.