މޯލްޑިވްސް އިމިގްރޭޝަން އޮފީހަށް އިންޑިއާ ރައްޔިތަކު ހާޒިރުވާން އަންގާ އިއުލާން ކޮށްފި އެވެ.

އެ އޮފީހުން ކުރައްވާފައިވާ އިއުލާނެއްގައި ހާޒިރުވާން އަންގާފައިވަނީ ސަނާވަސް ސުލްފިކާރް ކިޔާ މީހެކެވެ. އޭނާއަކީ މާލޭގައި ދިރިއުޅޭ، އުމުރުން 27 އަހަރުގެ އިންޑިއާ ރައްޔިތެކެވެ.

Ad
rt

އެ އިއުލާނުގައި ވަނީ 5 ދުވަސް ތެރޭގައި، ހެނދުނު 8:00 އިން މެންދުރުފަހު 3:00 އާ ދެމެދުގެ ވަގުތެއްގައި އިމިގްރޭޝަންގެ ރިސްކް މެނޭޖްމަންޓް ސެކްޝަނަށް ހާޒިރުވުމަށް އަންގާފަ އެވެ.

އެހެންނަމަވެސް އޭނާ، އިމިގްރޭޝަން އޮފީހަށް ހާޒިރުވާން އަންގާފައިވާ ސަބަބު ރަސްމީކޮށް ސާފުނުވިޔަސް ބަައެއް މަސްދަރުތަކުން ބުނެފައިވަނީ އޭނާ އެ އޮފީހަށް ހާޒިރު ކުރަނީ އިމިގްރޭޝަންގެ ގާނޫނާ ހިލާފު ވެގެން ނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަދި ބައެއް މައްސަލަތަކުގައި ހާޒިރުކުރަން ބޭނުންވެ، ހާޒިރު ނުވާ މީހުން ހޯދުމަށް އިމިގްރޭޝަނުން އަންނަނީ ދޭތެރެދޭތެރެއިން އިއުލާން ކުރަައްވަމުން ނެވެ.