ބައިނަލްއަގުވާމީ ފްރާންޗައިޒެއް ކަމަށްވާ އެމެރިކާގެ “އެންވައި ސްޓޭކް ޝެކް” ގެ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

ހުޅުމާލެ ސެމްޓްރޯ މޯލްގެ ގްރައުންޑް ފްލޯގައި މި ރެސްޓޯރެންޓް ހުޅުވަނީ މި މަހުގެ 24ގައެވެ. މި ރެސްޓޯރެންޓް ހުޅުވަން އެޗްޑީސީގެ އިސްވެރިންނާއެކު ފްރާންޗައިޒް ގްރޫޕްގެ ސީއީއޯ ބައިވެރިވާނެއެވެ. އަދި ލައިސެންސް ރާއްޖޭގެ ފްރާންޗައިޒާ ހަވާލު ކުރައްވާނެއެެވެ.

Ad
rt

އަލަށް ހުޅުވާ މި ރެސްޓޯރެންޓްގައި 250 މީހުންގެ ޖާގަ ހުންނާނެއެވެ. މިއީ ހުޅުމާލޭގައި ހުޅުވާ އެންމެ ބޮޑު އެއް ރެސްޓޯރެންޓު ކަމަށް އެ ފްރެންޗައިޒުން ބުންޏެވެ.

މި ރެސްޓޯރެންޓުގެ މަގުސަދަކީ ހެޔޮ އަގުގައި ދިވެހިންނަށް ސްޓޭކް ފޯރުކޮށްދިނުމެވެ.

އެންވައި ސްޓޭކް ޝެކްއަކީ މެލޭސިޔާގައި އުފެދިގެން އައި ފްރެންޗައިޒެކެވެ.

އެންމެ ފުރަތަމަ މި ފްރެންޗައިޒްގެ ރެސްޓޯރެންޓެއް ހުޅުވީ 2014 ވަނަ އަހަރުގެ ޖުލައިގައެވެ. އޭގެ ފަހުން އެމެރިކާއާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި ފްރެންޗައިޒްގެ ރެސްޓޯރެންޓުތައް ވަނީ ހުޅުވާފައެވެ.