ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވި އަލިފާނުގެ ހާދިސާ ހިނގި، މ. ނިރުފެހި ގެއިން އިންސާނެއްގެ ފައިތިލައެއް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން މިރޭ ނޫސްތަކަށް މަޢުލޫމާތު ދެމުން ވިދާޅުވީ ފައިތިލަ ފެނުނީ އެގެ ސާފުކުރަމުން ދަނިކޮށް ކުނިތަކުގެ ތެރެއިން މިއަދުގެ ވަގުތެއްގައި ކަމަށެވެ.

Ad
rt

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ދަނީ އެ އަލިފާނުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެގެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕްލޭނިން މިނިސްޓްރީންނެވެ.

އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރެ އެވެ. ފުރަތަމަ ރޯވީ އެގޭގެ ތިރީގައި ހުންނަ ގަރާޖުގައެވެ. އެ ރޭ ދަންވަރު 12:30 ހާއިރު އެ ގޭގަައި އަލިފާން ރޯވިއިރު، އެ ތަނުގައި ތިބީ 26 މީހަކު ކަމަށް އިސްކަންދަރުކޮށީގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ފުލުހުން ވިދާޅުވި އެވެ.

ފުލުހުންވެސް މިހާތަނަށް ބުނެފައިވަނީ އެ ހާދިސާގައި މަރުވި މީހުންގެ އަދަދަކީ 10 ކަމަށެވެ. އެއީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް އެ މީހެއްގެ ގައުމަށް އާއިލާ އަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިހާތަނަށް އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑުތައް އެ ގައުމުތަކަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން އިއްޔެ ބުންޏެވެ.