މިހާރު ވެސް 40 ފުޓުބޯޅަ ދަނޑު ނިންމައި، 85 ދަނޑުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވިސުވާލުތަކަށް ޖަވާބުދެއްވަމުން މަހްލޫފް ވިދާޅުވީ މިދިޔަ ހަތަރު އަހަރަކީ އުމްރާނީ ތަރައްގީއަށް ބެލިނަމަވެސް ދުވަހަކު ވެސް ރާއްޖޭގައި ނުކުރާހާ ގިނަ މަސައްކަތް ކޮށްފައިވާ އަހަރުތަކެއް ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ފުޓުބޯޅަށް ދަނޑުތަކުގެ އިތުރަށް ވޮލީ ކޯޓުތަކާއި، ސްކޭޓްޕާކުތަކާއި، ސަރފް ޓްރެކްތަކަކީ ވެސް މީގެކުރިން އެއްވެސް ސަރުކާރަކުން ގާއިމްކޮށްފައިވާ ވަސީލަތްތަކެއް ނޫން ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ކުޅޭނީ ހަމައެކަނި ފުޓުބޯޅަ ނޫންކަން ފާހަގަކުރައްވާ މަހްލޫފް ވިދާޅުވީ ހުރިހާ ކުޅިވަރުތަކަކަށް ވެސް ހަމަހަމަ ފުރުސަތު ހޯދައިދެމުން އަންނަ ކަމަށެވެ.

އެއްވެސް ވެރިކަމެއްގައި ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ނުގެންނަ ކުރިއެރުމާއި ތަރައްގީ މިސަރުކާރުން ގެނެސްފައިވާ ކަމަށާއި އެންމެ ބޮޑު ކާމިޔާބީއަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

މަހްލޫފް ވަނީ 54 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ ދިދަ ޕެރެލިމްޕިކްސްގައި މިދިޔަ އަހަރު އުފުލާލާފައިވާކަން ވެސް ފާހަގަކުރައްވާފަ އެވެ.

"މިއޮށް ހާދުވަހު ވެސް ރާއްޖޭގައި ކުޅިވަރު ކުޅޭނުންތޯ؟ ޕެރެލިމްޕިކްސް ވެސް ކުޅޭ ނޫންތޯ؟ އެކަމަކު އެއިން ކުއްޖަކަށް ކުޅެލާނެ ވާދަކޮށްލާނެ ފުރުސަތެއް ނެތް." މަހްލޫފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕެރެލިމްޕިކްސްގައި ވާދަކުރާ މާޒިން އާއި ފާތުން މެންނަށް، ދަގަނޑޭ އަށް ލިބޭ އެލަވަންސް ލިބޭނެ ކަމަށެވެ.