ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ގައި ކަމަށާއި މި ހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި 6 މީހުން ތިބި ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެއީ، 4 ބިދޭސީންނާއި 2 ދިވެހިންކަމަށް ވެއެވެ.
އެމްއެންޑީއެފްއިން ބުނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިންއެސަރަޙައްދަށް ދިޔައިރު، އެ ޑީންގީގައި ތިބި 6 މީހުން، ރަށު ތެރެއިން ޖެޓްސްކީގައި އައި ބަޔަކު ވަނީ ސަލާމަތްކޮށްދީފައި ކަމަށާއި މިހާރު އެމީހުންނަށް ކުޑަހުވަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!