ނުކުޅެދުންތެރިކަން ހުންނާތީ ގޮނޑީގައި އިންނަ ކުއްޖަކަށް މަގު ހުރަސްކުރުމުގައި ދަތިވާތީ އެކަން ހައްލުކޮށްދިނުމަށް އެދި ޓްވީޓް ކުރިތާ 24 ގަޑިއިރުތެރޭ އެޗްޑީސީއިން އިޖާބަދީފިއެވެ.
ހުޅުމާލެ ހިޔާޓަވަރު 11 ކައިރީ ދުއްވާ އެއްޗެހި ޕާކުކުރަން ޚާއްސަކޮށް ހަދާފައިހުރި ސަރަހައްދުގައި އަތުރާފައި ހުންނަ ގާތަށް ޑިޒައިން ކޮށްފައި ހުންނަގޮތުން އެތަނުން ފުރޮޅުލީ ގޮނޑީގައި ވަދެނިކުމެ ހަދަން އުނދަގޫ ވާތީ ބެލެނިވެރިޔާ އެކަން ފާހަގަކޮށް ޓްވީޓެއް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ޓްވީޓުކޮށްފައިވަނީ ގިނަ ބަޔަކު ދަންނަ މުޙައްމަދު ރައިޝަން އަހުމަދުގެ މަންމައެވެ.
ގާތަކުގެ ފޮޓޯއާއި އޭނާގެ ބެލެނިވެރިޔާ އިއްޔެ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެގާތަށް މަތީ ގޮނޑި ދުއްވަން ވަރަށް އުނދަގޫކަމަށާ ހިނގާމީހުންނަށް ހަދައިފަ ހުންނަ ޕޭމަންޓްގާ އެތަނުގައި އަޅައިދީފިނަމަ ވަދެނިކުމެ ހަދަން ވަރަށް ފަސޭހަ ވާނެކަމަށެވެ.
މިއަދު އެބެލެނިވެރިޔާ ކުރިޓްވީޓްގައި ވަނީ އެމަސައްކަތް 24 ގަޑިއިރު ނުވަނީސް ބާރަށް ކުރިއަށް ގެންދާކަމަށް ބުނެ އެޗްޑީސީއަށް ތައުރީފް ކޮށްފައެވެ.
އެޗްޑީސީންވަނީ އެބެލެނިވެރިޔާ ބޭނުންވިގޮތަށް ގޮނޑީގައި ފަސޭހައިން ވަދެނިކުމެވޭ ގޮތަށް އެސަރަހައްދު ބަދަލު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!