ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަލުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީ ގެ ކުރީގެ ޗެއަރ ޕަރސަން ރީކޯ މޫސަ އަލުން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ޙަވާލުކޮށްފައިވަނީ މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. ސޮއިކުރެއްވި ފޯމާއި ހަވާލުވެވަދައިގެންނެވީ އެ ޕާޓީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް އެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލްއާއި ހާރިޖީ މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި އެމްޑީޕީގެ ޕަލިމަންޓްރީ ގްރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމްގެ އިތުރުން އެމްޑީޕީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ 2016 ވަނަ އަހަރުއެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ވަނީ މޫސަ އަލުން އެޕާޓީ އާއި ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވާފަ އެވެ.