މާލޭގެ އެކިއެކި ސަރަހައްދު ތަކުގައި އަމިއްލަ ޚަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
އެ ކައުންސިލުން ވިދާޅުވެފައި ވަނީ މާލޭ ސިޓީ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން އެ ސިޓީގެ އެކިއެކި ސަރަޙައްދު ތަކުގައި، އަމިއްލަ ޙަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، ވުމާއިއެކު އެކަމަށް އެދި އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުނު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ 9:30 ގައި އެ ކައުންސިލުގެ އެޑްމިން ޝެކްޝަންގެ މީޓިން ރޫމުގައެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ 11:00 ގައި އެ އިދާރާގެ އެޑްމިން ޝެކްޝަންގެ މީޓިން ރޫމުގައެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!