އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ “ފުޓްބޯޅަ ފޯރި” ކެމްޕޭނުގެ ދަށުން ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބަލާލަން ގަތަރަށް ދާ މީހުންގެ ގުރުއަތު ނެގުން މިރޭ ބާއްވާނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހަތަރު ކަސްޓަމަރުންނަށް އުރީދޫއިން ފުރުސަތު ދޭނެއެވެ. މި ޕްރޮމޯޝަނުގައި އުރީދޫގެ ކުރީގެ ކަސްޓަމަރުންނާއި އަލަށް ގުޅުނު ކަސްޓަމަރުންނަށް ވެސް ފުރުސަތު ހުޅުވާލިއެވެ.

Ad
rt

މި ފުރުސަތުގެ ދަށުން ގުރުއަތު ނެގުން އޮންނާނީ މިރޭ 11:00 ގައި ރާއްޖެޓީވީ މެދުވެރިކޮށެވެ.

އުރީދޫ އިން ވަނީ މި ޕްރޮމޯޝަންގެ ދަށުން ސެމީ ފައިނަލް މެޗު ބެލުމަށް ގަތަރުގެ ދަތުރުގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ވެސް ވަނީ ކޮންމެ ހަފުތާއަކު 10 ނަސީބުވެރިންނަށް ދީފައެވެ.

އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ ފީފާ ވާލްޑް ކަޕްގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ އެވެ. ވޯލްޑް ކަޕުގައި ކުޅޭ 64 މެޗުގެ ލައިވް ފީޑް ދުނިޔޭގެ ހުރިހާ ގައުމަކަށް ފޮނުވުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ. އަދި ވޯލްޑް ކަޕުގެ މެދުއިރުމައްޗާއި އެފްރިކާ ބައްރުގެ ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރަކީ ވެސް އެ ކުންފުންޏެވެ.