ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސެލޫނެއް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި “އެޓޯލީ ސެލޯން އެންޑް ސްޕާ” ގެ ނަމުގައި މި ސެލޫން ހުޅުވީ އިއްޔެއެވެ.
މި ސެލޫން ހުޅުވާފައިވަނީ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ރަށެއްގެ ތިރީގައެވެ.
އަލަށް ހުޅުވި މި ސެލޫނުން ބޯކޮށުމުގެ ހިދުމަތާއި ސްޕާގެ ހިދުމަތް ވެސް ލިބޭނެއެވެ.
Atolly Salon & Spa is open for service at Hiya tower 8. Head over there for your next salon and Spa day. #MyHulhumalé #MageyHiya pic.twitter.com/smOdkZngcI
— HDC (@hdcmaldives) November 6, 2022
އެޗްޑީސީން ދަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ ގޮތުުން ހިޔާ ޓަވަރުތަކުގައި ތަފާތު އެކު ހިދުމަތް ތައާރަފުކުރަމުންނެވެ. މީގެ ތެރޭގައި ޑެންޓަލް ހިދުމަތާއި ކްލިނިކާއި ފިހާރަ ފަދަ ހިދުމްތަކަށް ވަނީ ފުރުސަތު ފަހިކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!