މީސްމީޑިއާގައި ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަރިޔަމް މައްސޫގެ ކޮއްކޮ، ފާތިމާ މައްސޫދު ވެސް ޤުރުއާން ހިތުދަސް ކޮށްފި އެވެ.
ފާތިމާ ޤުރުއާން ހިތުދަށްކޮށްފައިވަނީ އުމުރުން އެންމެ 7 އަހަރުގައެވެ. ޝަކީލާ އިމްރޯޒާ އާއި މައްސޫދުރް ރައްހާމާން ގެ ދޮށީ ދަރިފުޅު މަޔީޝާ މައްސޫދު ކޮމްޕިއުޓާ ސައިންސުން މަތީ ތައުލީމު ހާސިލްކޮށްފައިވާއިރު މަރްޔަމް އަކީ ކީރިތި ޤުރުއާން ހިދުތަސްކޮށް އިޖާޒާ ސަނަދު ތިން ފަހަރު ހާސިލް ކޮށްފައިވާ ޒުވާނެކެވެ. މަރިޔަމް ޤުރުއާން ހިތުދަސްކޮށްފައިވަނީ އުމުރުން 9 އަހަރުގަ އެވެ.
ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ފެށިގެން މިހާ ހިސާބަށް ދެމިގެން އައިސްފައިވާ އިޖާޒާ އަކީ ގުރުއާނުގެ އެކި ގިރާއަތްތަކާއި ރިވާޔަތްތައް ކިޔައި ދިނުމާއި ބަޔާން ކޮށްދިނުމުގެ ހުއްދައެވެ. މި ހުއްދަ ހޯދަން ގުރުއާން ހިތުދަސްކޮށް، ތަޖުވީދާ އެކު އޭގެ ޝަރަހަ ވެސް ވަރަށް ރަނގަޅަށް ދަސްކުރަން ޖެހެއެވެ. އިޖާޒާ ހޯދުން އޮންނަނީ ދެ ބަޔަކަށް ބަހާލާފައެވެ. އެއީ ގުރުއާން ކިޔެވުމުގެ ސަނަދުން ކީރިތި ރަސޫލާއާ ހަމައަށް ގުޅާލަން ގުރުއާން ހިތުދަސްކުރުމާއި ތަޖުވީދުގެ ހުކުމްތައް ހިމެނޭ ސަތޭކަ ހަތް ޅެން ބައިތާއި އޭގެ ޝަރަހަ ނުވަތަ މަތުނު ޖަޒަރިއްޔާ ހިތު ދަސްކުރުމެވެ.
މީސްމީޑިއާގައި މަރިޔަމް ވަނީ މިކަން އިޢުލާން ކުރުމަށް ބޭއްވި ހަފްލާގެ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. މި ވީޑިއޯތައް ބަލައި އޭނާގެ ސަޕޯޓަރުން އުފަލުން ރޮވުނެވެ. އުމުރުން އެންމެ ދެ އަހަރުން ފެށިގެން ޤުރުއާން ކިޔަވަން ދަސްކުރި ފާތިމާ ހަތް އަހަރުގައި ޤުރުއާން ހިތުދަސް ކުރުމުގެ އުފާފާޅު ކުރާ މަންޒަރު އެވީޑިއޯއިން ފެނެއެވެ.
މަރިޔަމްގެ ސޯޝަލް މީޑީއާ ޗެނަލްތަކުގައި އާންމު ކުރި ވީޑިއޯ އާއި ފޮޓޯތަކުން ފެންނަނީ ބޮޑު ރަސްމިއްޔާތަކާއި އެކު ފާތިމާގެ ބޮލުގައި ތާޖެއް އަޅުވާތަނެވެ. ކުޑަކުޑަ ލޯބި ފާތިމާގެ ޝަރަފުގައި ބޭއްވި އެ ހަފްލާގައި އޭނާގެ ގިނަ އެކުވެރިންތަކެއް ބައިވެރިވެފައި އެވެ.
ފާތިމާގެ ބޮލުގައި ތާޖު އަޅުވައިދިނީ މަންމަ ޝަކީލާ އިމްރޯޒާއި ބައްޕަ މައްސޫދުރް ރައްހާމާން އެވެ. އެ ހަފްލާގައި ފާތިމާ ވަނީ ވާރަށް ރީތިކޮށް ޤުރުއާން ކިޔަވައި މުޅި ހަފްލާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި އެވެ.
އެމެރިކާގައި ދިރިއުޅޭ މަރިޔަމްގެ އާއިލާގައި ތިބޭ ފަސް މެމްބަރުން އެކުވެގެން ފުރަތަމަ އުފެއްދީ "މަރިޔަމް މައްސޫދް" ކިޔާ ޔޫޓިއުބް ޗެނަލްއެކެވެ. 1.51 މިލިއަން މީހުން މިހާރު ސަބްސްކްރައިބް ކޮށްފައިވާ އެ ޗެނަލްގެ މަގުސަދަކީ ކުޑަކުދިންނަށް އިސްލާމީ ތައުލީމު އުނގަންނައި ދިނުމާއި ދީނުގެ ރަނގަޅު ގޮތްތައް ބުނެދީ ހޭލުންތެރިކުރުމެވެ.
މަރިޔަމްގެ އާއިލާގެ މި މަސައްކަތް ބަލައިގަންނަން ޖެހެނީ އެ މައުލޫމާތު ފޯރުކޮށްދޭތީ އެކަންޏެއް ނޫނެވެ. އެ އާއިލާގެ ހުރިހާ މެމްބަރުން ޤުރުއާނާއި އިސްލާމް ދީނުގެ އިލްމުގައި ކުރިޔަށްދާ ދިއުމާއި ހޯދަމުންދާ ކާމިޔާބެވެ. މިހާރު އެ ޗެނަލްގެ އިތުރުން ޑުރިއޫގެ ނަމުގައި ވަނީ އެޕްލިކޭޝަންއެއްވެސް ލޯންޗުކޮށްފައި އެވެ.
މަރިޔަމް އާއި އެކު އެ ޗެނަލްތަކުން 2015 ވަނަ އަހަރުން ފެށިގެން މިހާރު ފެންނަމުން ދަނީ އެއާއިލާގެ އެންމެ ހަގު މެމްބަރު ކަމަށްވާ ފާތިމާ މައްސޫދެވެ. ފާތިމާ އެންމެ ކުޑައިރުންސުރެ ދީނީ ކަންކަމަށް ބަހައްޓާ އަހައްމިއްޔަތާއި މައިންބަފައިން ފޯރުކޮށްދީފައި ހުރި ތައުލީމު އެކި ވީޑިއޯތައް މެދުވެރިކޮށް މަރިޔަމް ގެނެސްދީފައިވެ އެވެ.
އެ އާއިލާގެ އުންމީދަކީ ދޮށީ ދެ ދައްތައަށްވުރެ ފުރިހަމަ ކާމިޔާބެއް ފާތިމާ ހޯދުމެވެ. އަދި އާއިލާއިން ތިބީ ފާތިމާއަށް އެފުރުސަތުތައް ފަހިކޮށްދޭން ތައްޔާރަށެވެ. މި އާއިލާއިން ފެނިގެންދާ ހަގީގަތަކީ ކޮންމެ ގައުމެއްގައި އުޅުނު ކަމަށްވިޔަސް އިސްލާމީ ތައުލިމާއި އާދަކާދަތައް ދެމެހެއްޓޭނެ ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!