މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނ. ކެނދިކުޅުދޫއަށް ބަހެއް ހަދިޔާ ކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ މަހުގެ 31ގައި ހަދިޔާ ކޮށްފައިވަނީ 46 ސީޓުގެ ބަހެކެވެ.

Ad
rt

މި ބަހަކީ އެމްޓީސީސީން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ބަހެކެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ބަހަކީ ކެނދިކުޅުދޫ ސްކޫލުގައި ކިޔަވާ ކުދިންނަށް ސްކޫލަށް ދިއުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ހަދިޔާ ކުރި ބަހެއް ކަމަށެވެ.

އެމްޓީސީސީން އަންނަނީ އެކި ރަށްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އިޖުތިމާއީ ޒިންމާގެ ދަށުން އެހީ ފޯރުކޮށްދެމުންނެވެ.

މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކެނދިކުޅުދޫ ސްކޫލް ދަރިވަރުން ދަތުރު ކުރުމަށް ބަހެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަތުމާއި އެކު ހަދިޔާ ކުރި ބަހެކެވެ.

ރަށު ސްކޫލްގައި ގާތްގަނޑަކަށް 400 އެއްހާ ކުދިން ކިޔަވަމުން ދެއެވެ.