އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.
ރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުން ތަމްރީނު ކުރާނޭ ފެސިލިޓޭޓަރުން ތައްޔާރުކުރުމަށް ހިންގުނު މި ޕްރޮގްރާމް ހިންގާފައިވަނީ މި ނޮވެމްބަރ މަހުގެ 1 އަދި 2 ވަނަ ދުވަހު މާލެ އަތޮޅު ތުލުސްދޫގަ އެވެ.
30 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖެންޑަރ މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންނާއި ޔުނިސެފް، ޖުވެނައިލް ޖަސްޓިސް، ހެލްތް މިނިސްޓްރީ އަދި ފުލުހުން ވަނީ ބައިވެރިވެފަ އެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!