މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ އަންނަ 2023 ވަނަ އަހަރުގެ ޖެނުއަރީ 13 ގައި ބާއްވަން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުގައެވެ.
މި ބައްދަލުވުމުގައި އެމްއެންޕީގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭނެ ކެނޑިޑޭޓެއް ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ ބާއްވާނެ ތާރީޚް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށްފަހު ނިންމީ، އަންނަ 1 ޑިސެމްބަރގައި ޕްރައިމަރީއަށް އިޢުލާނު ކުރުމަށެވެ. އަދި 13 ޖެނުއަރީ 2023 ގައި ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމިއެވެ.
މި ނިންމުން ނިންމީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެންޕީގެ އޮފީހުގެ ކޮންފަރެންސް ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ 52 މެންބަރުން ބައިވެރިވިކަމަށް އެމްއެންޕީން ބުނެއެވެ.
ރޭގެ ބައްދަލުވުމުގައި ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާޢީދު ނުކުރަން ވެސް އެމްއެންޕީން ވަނީ ނިންމާފައެވެ. އެ ނިންމުން ނިންމުމާއިގުޅިގެން ޕާޓީގެ ރައީސް، މުހައްމަދު ނާޡިމް ވަނީ، އެ ޕާޓީގެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލުން މިފަދަ ނިންމުމެއް ނިންމި ކަމުގައިވީ ނަމަވެސް، އެ ޕާޓީގެ ސިޔާސަތަކީ ވިޕެއް ނެރި ވަކި ވަކި މެންބަރުން ވޯޓަށް ނުފޫޒު ނުފޯރުވާ ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް މަޖިލީހުގައި ވޯޓު ދިނުމަށް ބާރުއެޅުން ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!