ކްލައިމެޓް އަދި ޑިޒާސްޓަރ ރިސްކް ކުޑަކުރުމަށް ޔޫއެންޑީޕީ އާއި އެމްޑީއެންއޭއިން ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ދެ ފަހުމުނާމާ އާ ގުޅެގޮތުން ޔޫއެންޑީޕީން ވިދާޅުވީ ޔޫއެންޑީޕީ އާއި އެމްޑީއެންއޭ ގުޅިގެން މަސައްކަތްކުރާނީ ލޯކަލް ކައުންސިލުތަކާއި ގުޅިގެން ކްލައިމެޓް ޗޭންޖު ހިމެނޭގޮތަށް ތަރައްގީގެ ޕްލޭންތައް ތަރުތީބުކޮށް އެކުލަވައިލުމަށް ކަމަށެވެ. އަދި އާންމުފަރުދުންގެ މެދުގައި ހުރިހައި ފަންތިއަކާއި މިންތިއެއް ބައިވެރިވެގެން ހިމަނައިގެން އިންކްލޫސިވް ޕްލޭނިންގ ޕްރޮސެސްއެއް ރަށާއި އަތޮޅު ފެންވަރުގައި ކުރިއަށް ގެންދިއުން ކަމަށެވެ.
މީގެ އިތުރުން މިކަމުގެ ތެރޭގައި ޔުނިވަރސިޓީ މިލާނީ ބިކޯކާ ބައިވެރިވާނެ ކަމަށާއި އެއީ ޕްލޭނިންގ އަށް ބޭނުންވާ މުހިންމު މައުލޫމާތު އަދި ޑޭޓާ ފަދަ ކަންތައްތައް އިންޓަގްރޭޑް ކުރާނެގޮތާއި ބެހޭގޮތުން އެފަރާތުގެ މިހާރުއޮތް ޕްރޮޖެކްޓެއްގެ ތެރެއިން އިތުރު ތަމްރީނުތަކެއް ޕްރޮޖެކްޓުގެ ބައިވެރިންނަށް ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލުތަކާއި ގުޅިގެން މި ތަމްރީނުތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
The MoU paves way for a stronger and collaborative partnership between @NDMAmv and @UNDPMaldives. Looking forward to working closely in important areas such as Disaster Risk Reduction, Climate Change Adaptation and mitigation in maldives through the agreement. https://t.co/O1EOBpEfSM
— Fathimath Himya (@HimyaFathimath) October 31, 2022
ޔޫއެންޑީޕީން ވިދާޅުވީ ކްލައިމެޓް ޗޭންޖަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއީ އެންމެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ޔޫއެންޑީޕީން ކްލައިމެޓް ޗޭންޖާއި ގުޅުވައިގެން ފެން ރައްކާތެރިކުރުން އަދި ފެން ކަށަވަރުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
އެގޮތުން ގުދުރަތީގޮތުން ލިބޭ ގެއްލުންތައް ފަރުތަކާއި ފަރުތަކުގެ ދިރުމަށް ލިބޭ ގެއްލުންތައް ރައްކާތެރިކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
"މި ހުރިހައި މަސައްކަތްތަކާއި ޕްރޮޖެކްޓެއްގެ ތެރެއިން ވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު ފޯކަސްއެއް އެއީ ކަމާއިބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުން. އަދި ކުރަން މިއުޅޭ މަސައްކަތަކީ ކީއްކުރަން ކުރަން އުޅޭ ކަމެއްތޯ އޮޅުންފިލުވައިދިނުން. އެއީ މި މަސައްކަތުގައި އެންމެ ރަނގަޅަށް އެއްބާރުލުން ލިބޭނީ އެ މައުލޫމާތު ފުރިހަމައަށް ލިބިގެން."
ޔޫއެންޑީޕީން ވިދާޅުވި އެވެ.
NDMA, @UNDPMaldives & @maldivianrc signed an MOU under the Sustainable Disaster Risk Reduction, Climate Change Adaptation and Mitigation in Maldives project. The project is funded through the SIDS Joint SDG Fund. pic.twitter.com/VjmiF0OZEt
— NDMA Maldives (@NDMAmv) October 31, 2022
މިއީ ރާއްޖެއަށް ކުރިމަތިވަމުންދާ ގުދުރަތީ ކާރިސާ ހިރާސް ކުޑަކުރުމާއި މޫސުމަށް އަންނަބަދަލުތަކުން ދިމާވާ ގޮންޖެހުންތައް ކުރިމަތިލުމަށް ސަބްނެޝަނަލް ލެވެލް ގައި ޕްލެނީންގ އިތުރަށް ހަރުދަނާކޮށް ކްލައިމެޓް އަދި ޑިޒާސްޓަރ ރިސްކް ކުޑަކުރުމަށް އަތޮޅު ފެންވަރުގައި ކުރެވިދާނެ ޕްލޭނިންގ ހަރަކާތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!