"މަނިކޭ މަގޭ ހިތޭ" ލަވައިން މަޝްހޫރުކަން ހޯދައިވާ އަވަށްޓެރި ސްރީލަންކާގެ މަޝްހޫރު ކަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ، ހއ. ދިއްދޫ އަށް މިއަދު ދިއުމަށް ހަމަޖެހިއްޖެ އެވެ.
އެެރަށު ކައުންސިލުން ވިދާޅުވީ ޔޮހާނީ އަށް މަރުހަބާ ކިޔުން މިއަދު ހަވީރު 3 ޖަހާއިރު، އެރަށު ދެކުނު ސިޑި ސަރަހައްދުގައި އޮންނާނެ ކަމަށާއި ޔޮހާނީ އާއެކު ފޮޓޯ ނެގުން އޮންނާނީ ހަވީރު 5 ޖަހާއިރު ކަމަށެވެ.
ފޮޓޯ ނެގުން އޮންނާނީ ސްވިމިންގ ޓްރެކް ސަރަހައްދުގައި ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ.
ޔޮހާނީ ރާއްޖެ އައިސް މިއުޅެނީ ރާއްޖޭގެ މަޝްހޫރު ސްޓްރީމިންގ އެޕް، ބައިސްކޯފުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި "ޗަނާޗާ 2022" ޝޯގައި ބައިވެރިވުމަށެވެ.
އެ ޝޯވ އަށްފަހު އޭނާ އާއި ޓީމު މިހާރުތިބީ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ގަ އެވެ.

"ޗަނާޗާ 2022" ޝޯވ އަށް ބޮޑު ތަރުހީބެއް ލިބުނުއިރު، މިއީ ޔޮހާނީ ރާއްޖެއައި ފުރަތަމަ ފަހަރު ވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!