އިލެކްޓްރިލް ފްލައިން ކާރު ހޯދުމުގެ އެއްބަސްބުމެއްގައި ސައުދީ އަރަބިއްޔާގެ ގައުމީ އެއަރލައިން ސައުދިޔާ އާއި ޖަރުމަނުވިލާތުގެ ކުންފުންޏެއް ކަމަށްވާ ލިލިއަމް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފޯރބްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި އެގައުމުން ވަނީ 100 ފްލައިން ކާރު ހޯދަން އޯޑަރު ކޮށްފައި އެވެ. އެ ކާރުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ސައުދީގައި އެއާ ޓެކްސީގެ ހިދުމަތް ދިނުމަށެވެ.

Ad
rt

ހިދުމަތް ތައާރަފު ކުރަން ނިންމާފައިިވަނީ ވިޔަފާރިވެރިންނަށް ހާއްސަކޮށް އަވަހަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށެވެ. އެއީ އެލެކްޓްރިކް ކާރުގައި އެންމެ ދިގުކޮށް ކުރެވެނީ 18 މިނެޓުގެ ދަތުރަށް ވާތީ އެވެ.

ލިލިއަމް އިން މީގެ ކުރިން ޔޫރަޕްގެ ކަސްޓަމަރުންނާ އެކު ގިނަ ޑީލްތަކެއް އިއުލާންކޮށްފައިވާއިރު، އޭގެ ތެރޭގައި ބިޒްނަސް ޖެޓް އޮޕަރޭޓަރު އޭއެސްއެލް ގްރޫޕާއި ސްޕެއިންގެ ހެލިޓީ ކޮޕްޓާ އެއާލައިންސް އަދި ނޯވޭގެ އޭއޭޕީ އޭވިއޭޝަން ގްރޫޕް ހިމެނެ އެވެ. ނަމަވެސް ސައުދީއާ އެކު ވެފައިވާ އެއްބަސްވުމަކީ އެއިން އެއްވެސް އެއްބަސްވުމަކަށް ވުރެ މާ ބޮޑު އެއްބަސްވުމެކެވެ.

މީގެ އިތުރުން ކާރު އުފައްދާ އިތުރު ކުންފުނިތަކުންވެސް އަންނަނީ އެ މާކެޓަށް ވަނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޗައިނާގެ އެކްސްޕެންގް އިން ވަނީ އެ ކުންފުނީގެ އެކްސް2 “ފްލައިން ކާރު” ގެ ފުރަތަމަ ޕަބްލިކް ޑެމޮންސްޓްރޭޝަން ފްލައިޓެއް ދުބާއީގައި ބާއްވާފައެވެ. ދެ މީހުންގެ ޖާގައިގެ މި އުޅަނދުގެ ދުވެއްޔަކީ ގަޑިއަކު 130 ކިލޯމީޓަރަށެވެ.