ލަލީގާގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނުމެޗުން ބާސާ މޮޅުވެއްޖެއެވެ.

ވިލަރެއާލްއާއި ބައްދަލުކޮށް ބާސާއިން މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގައި ބާސާއިން ޖެހި ތިން ގޯލުވެސް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

Ad
rt

ބާސާގެ ދަނޑުގައި ކުޅުނު މެޗުން ފުރަތަމަ ގޯލުޖަހައި އެޓީމަށް ލީޑުނަގައިދިނީ ލެވަންޑޮސްކީ އެވެ. މި ގޯލު ލެވަންޑޮސްކީ ކާމިޔާބު ކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި ޖޯޑި އަލްބާގެ އެހީތެރިކަމާއެކުގައެވެ. ފުރަތަމަ ގޯލު ޖެހިތާ ހަތަރު މިނެޓުފަހުން ގަވީ ގެ އެހީތެރިކަމާއެކު މެޗުގެ ދެވަނަ ގޯލު ލެވަންޑޮސްކީ ވަނީ ކާމިޔާބު ކޮށްފައެވެ.

ދެވަނަ ގޯލު ޖެހިތާ ތިން މިނެޓު ފަހުން ބާސާގެ ތިންވަނަގޯލު ވަނީ ކާމިތާބު ކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަންސު ފަތީ އެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފާއްޓައިގެން މޮޅަށް ކުޅުނު ބާސާއިން ވަނީ 17 ހަމަލާއެއް ފޮނުވައިލާފައެވެ. އޭގެ ތެރެއިން 11 ހަމަލާއެއް ވަނީ ގޯލާއި އަމާޒުވެފައެވެ. ވިލަރެއާލްއިން ވަނީ 5 ހަމަލާއެއް ފޮނުވައާފައެވެ. 5 ހަމލާގެ ތެރެއިން 4 ހަމަލާއެއްވަނީ ގޯލާއި އަމާޒު ވެފައެވެ.

މި ނަތީޖާއާއި އެކު ބާސާ އޮތީ 10 މެޗުން ހޯދި 25 ޕޮއިންޓާއެކު ލީގު ތާވަލުގެ 2 ވަނައިގައެވެ. ވިލަރެއާލްއޮތީ 10 މެޗުން ހޯދި 15 ޕޮއިންޓާއެކު 9 ވަނައިގައެވެ.