ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމުތައް ހާމަކުރީ ގްލޯބަލް ރިސްކް އެސެސްމެންޓު ރިޕޯޓުގައި އެވެ.

ގްލޯބަލް ގާޑިއަންގެ އެހީތެރިކަމާއި އެކު ހާމަކުރި މި މައުލޫމާތުތަކުގައި އެންމެ ނުރައްކާތެރި އަދި ނުރައްކާއޮތް ގައުމުތަކުގެ ލިސްޓުތަކެއް އާންމުކޮށްފައިވެ އެވެ. އެއީ ގައުމުގެ ހާލަތާއި، ދަތުރު ކުރުމުގައި އޮތް ނުރައްކާތެރި ކަމާއި އެ ގައުމެއްގައި ނުރައްކާތެރިކަން އޮތް ވަރަށް ބަލާފައިވެ އެވެ.

Ad
rt

އެގޮތުން މިހާރު ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ގައުމަކީ ޔޫކްރެއިންނެވެ. ދެން އެ ލިސްޓުގައި ޕާކިސްތާނާއި ލީބިއާ އޮތް އިރު ހަތަރު ވަނައަށް އޮތީ ސީރިއާ އެވެ. ދެން އެންމެ ނުރައްކާތެރި ގައުމުތަކަކީ ސޯމާލިއާ، ޔަމަން އަފްގާނިސްތާން، ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި ބުރްކީނާ ފަސޯ އެވެ.

ނުރައްކާތެރި ލިސްޓުގައި އޮތް ގައުމުތަކަކީ، ތައިލެންޑް އިންޑިއާ، ތުރުކީ އަދި ފިލިޕިންސް އެވެ. އެ ގައުމެއްގައި ނުރައްކާ އޮތް ގައުމުގެ ގޮތުގައި ހިމަނާފައިވަނީ މެކްސިކޯ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެންމެ ނުރައްކާތެރި ގައުމުތަކުގައި ހަމަޖެހުން ނެތް އިރު އަސްކަރިއްޔާގެ ބާރެއް ނެތެވެ. ހަނގުރާމައިގެ ތެރޭގައި އޮތް އެ ގައުމުތަކުގައި ބާރުގަދަ އީ ހަނގުރާމަވެރިން ކަމަށް ބުނެފައިވެ އެވެ.

އެންމެ ނުރައްކާތެރި ގައުމާއި ގުޅޭގޮތުން ބުނެފައިވާ ގޮތުގައި ޔޫކްރެއިނަށް ރަޝިއާއިން އަތް ގަދަ ކުރަމުން ދިއުމުގެ ސަބަބުން އޭގެ އަސަރު މުޅި ދުނިޔެއަށް ކުރަމުންދާ ކަމަށެވެ. އަދި ހަކަތައިގެ ދާއިރާއިން މުޅި ދުނިޔެއަށް ބޮޑެތި ފިއްތުންތަކެއް ރަޝިއާއިން ކުރިމަތި ކުރަމުންދާ ކަމަށެވެ.

އެ ލިސްޓުގައި ވަނީ އެންމެ އަމާން ގައުމުތަކެއްގެ ލިސްޓެއްވެސް އާންމުކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖަރުމަނުވިލާތް، ޕޮލެންޑް، ނޯވޭ، ކެނެޑާ އަދި އަޔަލޭންޑާއި އީސްޓޯނިއާ، ލަޓްވިއާގެ އިތުރުން ޖަޕާނެވެ.

މި ގައުމުތަކުގައި އާންމުންނާއި ޓޫރިސްޓުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭއިރު ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލް ހުރިހާ ސަރަހައްދެއްގައި އޮތުމުން ބިރުވެރި ކަމެއް ނޯންނަ ކަމަށް ބުންޏެވެ.

ގްލޯބަލް ރިސްކް އެސެސްމެންޓުގައި ބުނެފައިވާ ގޮތުގައި ކުށްވެރިންގެ ހަރަކާތްތަކާއި ޓެރަރިޒަމް އަދި ގުދުރަތީ ހާދިސާތައް އިތުރުވުމަކީ ދަތުރުވެރިން މަދުވާ މައިގަނޑު ސަބަބު ކަމަށެވެ.