ބްރެޒިލްގެ ޓޮރާންޓޯގެ އެއާޕޯޓަކުން ނައްޓާލިތާ މާގިނަ އިރު ނުވަނީސް ޑްރީމްލިފްޓާގެ ބޮޑު ބޯޓެއްގެ ފުރޮޅު ވެއްޓިއްޖެ އެވެ.
މީސްމީޑިޔާގައި މި ވީޑިއޯ މިހާރު ދައުރުވަމުންދާއިރު މިހާދިސާ ހިނގާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ކުރީ ބްރެޒިލްގެ އޭވިއޭޝަން ބްލޮގްގައި ބުނެފައިވާ ގޮތުގައި އެ ފުރޮޅުގެ ބަރުދަނުގައި 100 ކިލޯ ހުންނާނެ އެވެ.
އާންމުވެފައިވާ ވިޑިއޯ އިން ފެންނަ ގޮތުގައި، މަތިންދާބޯޓު ނައްޓާލި ވަގުތު ރަންވޭން މައްޗަށް އަރަނިކޮށް ފުރޮޅު ނެއްޓިގެން ވެއްޓޭތަން ފެނެއެވެ. ބިންމައްޗަށް ވެއްޓުމުގެ ކުރިން ލޭންޑިން ގިއާ ސަރަހައްދުން ދުން އަރާތަން ފެނެ އެވެ.
އެއީ، ބޮއިންގް 747-400 ޑްރީމްލިފްޓާ ކާގޯ ފްލައިޓެކެވެ. އިޓަލީގެ ޓޮރާންޓޯއިން އެ ފްލައިޓު ދަތުރު ކުރީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެރޮލީނާގެ އެއާޕޯޓަކަށެވެ. ބޯޓު ދަތުރު ކުރީ ގިނައަދަދެއްގެ ކާގޯ ހިފައިގެންނެވެ.
ބްރެޒިލްގެ އޭވިއޭޝަން ބްލޮގް ގައި ބުނެފައިވާ ގޮތުގައި ވެއްޓުނު ފުރޮޅު ފެނުނީ އެއާޕޯޓާއި މާ ދުރުނޫން ހިސާބެއްގައި އޮތް ދަނޑެއްގެ ތެރެއިންނެވެ. އެއް ފުރޮޅު ވެއްޓުމުން އެމެރިކާ އާއި ބްރެޒިލްގެ ކަމާ ބެހޭ ފަރާތްތަކުން ތައްޔާރީ ހާލަތަށް އަންނަން ޖެހުނީ އެ ފްލައިޓު ޖައްސާނެ ގޮތަކާއި މެދު އެވެ.
އެބޯޓު އޮޕަރޭޓް ކުރަމުން އަންނަ، އެމެރިކާގެ ކާގޯ އެއާލައިނެއް ކަމަށްވާ އަލްޓަސް އެއާއިން ވަނީ އެމަޖެންސީގައި ސަލާމަތުން އެ ފްލައިޓު ކެރޮލީނާގެ އެއާޕޯޓަށް ޖައްސާފައިވާ ކަން ހާމަކޮށް ވީޑިއޯއެއްވެސް އާންމު ކޮށްފައި އެވެ. އަދި ބޯޓު ޖެއްސުމާއި ވައިގެ ތެރޭގައި ވީ ވަގުތުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަން ހާމަކުރި އެވެ.
Ehhhh não....
Parou lá na terra do Nono pic.twitter.com/AIxPZHvzyO
— AEROIN (@aero_in) October 11, 2022
ނަމަވެސް ފްލައިޓުގެ ފުރޮޅު ވެއްޓެއް މެދުވެރިވި ސަބަބެއް ހޯދިފައިނުވާހަމަށް ބުނެފައިވެއެވެ.
އެ ފްލައިޓަކީ 2000 ވަނަ އަހަރު އުފެއްދި ފްލައިޓެކެވެ. އުފައްދާފައިވަނީ މި ބުރޭންޑުގެ އެންމެ 4 ފުލައިޓެވެ. އެ އެބޯޓުގައި ޖުމްލަ 18 ފުރޮޅު އިނދެއެވެ. ފުރޮޅެއްގައި 4 ވަރަކަށް ފޫޓު ހުރެއެވެ.
އުދުއްސާލުމުގެ ތެރޭގައި އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގީ މިދިޔަ އޭޕްރިލް މަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!