ނ. މަގޫދޫ އާއި ލ. ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި އެވެ.
ނ. މަގޫދޫ ގައި ބާއްވަނީ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. އަދި ލ. ކަލައިދޫ ގައި ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ މި ދެ ބައި-އިލެކްޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ 5 ވާ ހޮނިހިރު ދުވަހު އެވެ.
މަގޫދޫ ގައި ބަހައްޓާ ވޯޓުފޮށި ހުންނާނީ އެރަށު ސްކޫލުގައި ކަމަށާއި ކަލައިދޫ ގައި ވެސް ވޯޓުފޮށި ބަހައްޓާނީ އެރަށު ސްކޫލުގައި ކަމަށް އީސީން ވިދާޅުވި އެެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދެރަށުގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ވޯޓުލުމަށް ހަމަޖައްސާފައިވަނީ އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓުފޮއްޓަށް ކަމަށް ވެސް އީސީން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!