ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން(އެސްޓީއޯ) ގެ ނަމުގައި އާންމުންގެ ފޯން ނަމްބަރ ތަކަށް ގުޅައި ރުފިޔާ ހޯދަމުން ދަތީ އެކަމަށް ސަމާލުވާން އެސްޓީއޯ އިން އިލްތިމާސްކޮށްފި އެވެ.
އެސްޓީއޯ އިން ބުނެފައިވަނީ އެފަރާތުން ރީލޯޑް ކޮށްގެން އިނާމް ލިބޭ ޕުރޮމޯޝަނެއް އެއްވެސް އިރެއްގައި ހިންގާފައި ނުވާ ކަމަށެވެ.
Announcement! pic.twitter.com/L7hpCGxSXa
— STO (@stoplc) November 6, 2019
އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން، ގުޅައި ކޭސް ކާޑުގެ މައުލޫމާތު ހޯދައިގެން ބައެއް މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިފައިވެ އެވެ.ެއެހެން ކަމުން މިފަދަ ކޯލްތަކަށް އެންމެހާ ފަރާތްތަކުން ސަމާލުވާންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!