ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތުގެ 93 އިންސައްތަ ވަނީ މިހާރު ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ 93 އިންސައްތަ ވަނީ ނިމިފައެވެ. އަދި، މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.#MTCCProjects #RayyithungeKunfuni pic.twitter.com/SbiI4n7kXV
— MTCC Plc (@MTCCPlc) October 16, 2022
މިއީ 20.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!