ރާއްޖެ އެތެރެކުރާ ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމުން ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން އަންގައިފި އެވެ.

އެ އޮތޯރިޓީން ނެރެފައިވާ އެލަރޓެއް ގައި ވިދާޅުވެފައިވަނީ Tetrahydrozoline Hydrochloride ) Allersine Eye Drops) އާއި އާއި މެލޭޝިޔާ ކުންފުންޏެއް ކަމުގައިވާ Duopharma (M) Sdn. Bhd އިން އުފައްދާ (Allersine Eye Drops (Tetrahydrozoline Hydrochloride ގެ ބެޗް ނަންބަރ:193033L, 200827L, 200230L ,200607L 200608L އާއި 200825L ގައި ޑިފެކްޓެއް ހުރިކަމަށް މެލޭޝިޔާގެ ޑްރަގް ރެގިއުލޭޓަރީ" ނޭޝަނަލް ފާރމަސޫޓިކަލް ރެގިއުލޭޓަރީ އެޖެންސީ NPRA) އިން ވަނީ މިއޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

Ad
rt

މިބެޗް ތަކުގެ ތެރެއިން 02 ބެޗެއް (193033L އާއި 200607L) ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވާ ކަމަށް ވެސް އެ އެލާރޓްގައި ބަޔާން ކޮށްފައި ވެއެވެ.

މިބޭހަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނިފައިވާ ބޭހެއް ކަމަށާއި އެހެންކަމުން، މިބޭސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތާއި ގުޅިގެން އެ އޮތޯރިޓީން މިބޭހުގެ ދެންނެވިފައިވާ ބެޗެތައް މާރކެޓުން ނަގަމުން ގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިބޭސް ބޭނުން ކުރައްވާ ފަރާތްތަކުން ވެސް މިބޭހުގެ ދެންނެވިފައިވާ ބެޗްތައް ބޭނުން ނުކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް ވެސް އެމްއެފްޑީން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިބޭސްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7200321 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުމަށް ވެސް ވަނީ އެދިފަ އެވެ.