މި އަހަރު ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ބޮޑު ބޯޓުތަކުގައި ދަތުރު ކުރުމަށް ނިންމައިފިއެވެ.
އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މިއީ ޕީކް ސީޒަނާ ގުޅިގެން ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ގެނައި ބަދަލެކެވެ. އެގޮތުން. ސިންގަޕޫރުގެ އިތުރުން އޮސްޓްރޭލިއާ އާއި އެމެރިލާ އާއި ޔޫރަޕުން ވެސް ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވާނެ ކަމަށް އެ އެއާލައިނުންވަނީ ލަފާ ކޮށްފައެވެ.
އެ އެއާލައިނުގެ އެއާބަސް އޭ350 މީޑިއަމް ހޯލް ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާ ބޯޓުތައް މިއަހަރުވެސް އަޕްގްރޭޑް ކުރިއެވެ. އެގޮތުން ކުރިން ސިލްކް އެއާ ބޮއިންގް 800-737 ގެ ބޯޓުތައް ބޭނުން ކުރިއިރު މިހާރު 8-737 މެކްސް ބޯޓުތައް ވެސް ބޭނުން ކުރެއެވެ.
އެއާބަސް އޭ350 އާއެކު އެ އެއާލައިނުގެ ކެޕޭސިޓީ 20 އިންސައްތަ އިތުރުވާނެއެވެ.
އެ އެއާލައިނުން މިހާރުވެސް ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުތައް ކުރަމުން އަންނައިރު އޭ350 ބޭނުން ކޮށްގެން ދަތުރުތައް ކުރާނީ ހަފްތާއަކު ތިން ދުވަހުއެވެ. އެއީ އަންގާރަ، ހޮނިހިރު އަދި އާދީއްތައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!