އުރީދޫ ނޭޝަން އިން ކުރިއަށްގެންދާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒްގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މި ބުރުގައި ބައިވެރިވާން ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.

Ad
rt

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިންގް މެޗް ސިލްސިލާއެކެވެ.

މި ސިލްސިލާގެ ފުރަތަމަ ދެ ޕަބްޖީ ކޮލިފައިން މުބާރާތް ވަނީ ނިމިފައެވެ.

މި ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެއެވެ. ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ 15 އޮކްޓޯބަރ 2022 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަ ސީރީޒް 3 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައިވަނީ:

1. ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
2. 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
3. 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް 1ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް 3 ސެޕްޓެމްބަރު 2022 ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު، 3 ޓީމެއް ވަނީ މި އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައި ވެފައެވެ. އެއީ ޗެމްޕިއަން ޓީމް، އާރް ޖީސީ ޑެނޯ އާއި ކޭއެޗް އީސްޕޯޓްސް އާއި އެލްއެންއެން ސްޕީޝީސް އެވެ.

ކޮންޓެންޑަ ސީރީޒް 2 ގައި 500 ގޭމަރުންނާއެކު 89 ޓީމަކުން ވާދަކުރިއެވެ. ގަދަ ހިފުމަކަށްފަހު 3 ޓީމުން އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގައި ވާދަކުރުމަށް ޖާގަ ހޯދިއެވެވެ. އެއީ ޗެމްޕިއަން ޓީމް، އެސްޑީއެމްޒީ އީސްޕޯޓްސް އާއި އާރްޖީސީ އޯޕެކްސް އާއި އީ2އެސް އަކަޓްސުކި އެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް ތިނެއްގައި ވާދަކޮށް އެންމެ މޮޅު ތިން ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އޮންލައިން ޕޯޓަލް http://ore.do/contender މެދުވެރިކޮށް ރެޖިސްޓަ ކުރެވޭނެއެވެ.