ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން ދަމަހައްޓައިފިއެވެ.

ފިޗުން ރާއްޖެއަށް ދީފައިވަނީ ބީ މައިނަސްގެ ރޭޓިންއެކެވެ. މި ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހުއެވެ.

Ad
rt

ފިޗުން މިކަން ހާމަ ކުރީ މިއަދު އިއުލާން ކުރި، ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިންގައެވެ.

ފިޗުން ބުނި ގޮތުގައި ރޭޓިން ދެމެހެއްޓީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރައި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބުމުންނެވެ.

ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދުދު މިއަހަރު 9.5 އިންސައްތަ އަދި އަންނަ އަހަރު 7.5 އިންސައްތަ ކުރިއަރާނެއެވެ.

ރާއްޖޭގެ އިގްތިސާދަށް އޮތް ގޮންޖެހުންތައްވެސް ފިޗުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައިވެއެވެ. އެގޮތުން ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި، ދައްކަންޖެހޭ ދަރަނީގެ މިންވަރު އިތުރުކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.