ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ ހއ. އިހަވަންދޫ / އާޒާދީބަހާރުގެ، މުޙައްމަދު ފިރާޟް އަށް ރުހުން ހޯދުމަށް މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްކަމުގެ މަޤާމަށް މުހައްމަދު ފިރާޟް ޢައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނެވެ.
ޕްރައިވަޓައިޒޭޝަން ބޯޑް އެކުލެވިގެންވަނީ ބޯޑުގެ ރައީސާއިއެކު ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ 7 މެމްބަރުންގެ މައްޗަށެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުންގެ ދައުރަކީ 4 އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!