ހުރިހާ ރަށެއްގައި ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެގެ ގިނަ ސަރަހައްދުތަކުގައި ބަސް ސްޓޮޕް ހުރީ ވަރަށް ތާށި ސަރަހައްދުތަކުގައި ކަމަށެވެ.
މާލޭގެ މަގުތަކަކީ ތޮށްޖެހުން ބޮޑު ތާށި މަގުތަކެއްކަން ފާހަގަކުރައްވާ އާޒިމް ވަނީ އޭގެ ކޮންމެ ތަނެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ މޮޅު ބަސް ސްޓޮޕެއް ހެދުމަކީ އުނދަގޫ ކަމެއްކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި އެކަން ކުރަން އެކަށީގެންވާ ޖާގަ ނުލިބޭނެކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ކޮންމެ ބަސް ސްޓޮޕެއްގައި ވެސް އެތަނެއްގައި ޖާގަ އޮތް ވަރަކުން ހެދޭނެ ވަރުގެ ބަސް ސްޓޮޕެއް ހަދާނެ ކަމަށެވެ.
Raajjeyge hurihaa Rashehga huri hurihaa #RTL ge bus stop thah mi aharu nimumuge kurin hiyaa kureveyne. @MTCCPlc #Male’ #AdduCity #FuahmulahCity #LaamuAtoll #RaajjeTransportLink @governmentmv pic.twitter.com/plroTrAICv
— Adam Azim (@adamazim) October 11, 2022
އެމްޓީސީސީން މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ 36 މިނީ ބަސް ރާއްޖެ ގެނައީ މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.
މާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، 8 ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ.
އެމްޓީސީސީން ވިދާޅުވެފައިވަނީ ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އެ ކުންފުނިން ބަހުގެ ޚިދުމަތް އެންމެފުރަތަމަ ދޭން ފެށީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅުގެ ރަށްތަކުގަ އެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!