ދުނިޔޭގައި ކުޅެވޭ އެންމެ ފޯރިގަދަ އަދި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕް ފެށެން 39 ދުވަހަށް ވެފައިވާއިރު، އާޖެންޓީނާގެ ފޯވާޑް ލައިންގައި ހިމެނޭ މުހިތްމު 3 ކުޅުން ތެރިން ތިބީ އަނިޔާގައެވެ.

މިމަހު 6 ވަނަ ދުވަހު ޗެމްޕައަންސް ލީގުގައި ބެންފިކާއާއި ދެކޮޅަށް ކުޅުނު މެޗުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އަށް ވަނީ އަނިޔާވެފައެވެ. އަނެއް ކޮޅުން ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް އެންޖަލް

Ad
rt

ޑިމާރިއާ އަށް ވެސްވަނީ އަނިޔާވެފައެވެ. ޑިމާރިއާއަށް އަނިޔާވީ އަންގާރަދުވަހުގެރޭ ޗެމްޕިއަންސްލީގުގައި ކުޅުނުމެޗުގައެވެ.

ރޯމާއަށް ކުޅެމުން އަންނަ ޑިބަލާއަށް އަނިޔާވެފައިވަނީ އެންމެ ފަހުން ލީގުގައި ލެއްޗޭ އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

މި ތިންކުޅުން ތެރިންގެ ތެރެއިން މެސީ އަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށް ޕީއެސްޖީގެ ކޯޗު ވަނީ ބުނެފައެވެ. ޑިމާރިއާގެ އަނިޔާގެ ތަފްސީލު އެގޭނީ މިޔަދު ހަދާ ޓެސްޓް ތަކަށް ފަހުގައެވެ.
މީ މެސީ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕަށް ވާއިރު ވޯލްޑް ކަޕުން މެސީ ނުފެނުމަކީ ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ފަރާތްތަކަކުން މާޔޫސް ވާނެ ކަމެކެވެ.
ފުޓްބޯޅައިގެ ތަޖުރިބާ ކާރުން ގަބޫލު ކުރާ ގޮތުގައި މިއީ ޑިމާރިއާވެސް ކުޅޭނެއެންމެ ފަހު ވޯލްޑް ކަޕެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އާޖެންޓީނާގެ އެންމެ މުހިތްމު 3 ކުޅުންތެރިން އަނިޔާގައި ހުރުމަކީ އާޖެންޓީނާގެ ކޯޗް ލިއޮނަލް ސޮކޮލޮނީ އަށް އޮތް ބޮލުގަ ރިހުމެކެވެ.

ވޯލްޑްކަޕް ގައި އާޖެންޓީނާ ހިމެނެނީ ގުރޫޕް ސީ ގައެވެ. މި ގުރޫޕުގައި އާޖެންޓީނާގެ އިތުރުން ދެން ހިމެނެނީ ސައުދިއަރަބިޔާ ، މެކްސިކޯ އަދި ޕޮލެންޑް އެވެ.

ވޯލްޑް ކަޕް ގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި ސައުދި އަރަބިޔާއާއި ދެކޮޅަށް ނުކުންނާނީ ނޮވެމްބަރ 22 ވާ އަންގާރަދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.