މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމިއުނިކޭޝަން ޕާޓަނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އެމްއެމްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުޙައްމަދު ޝަފާއު ހަސަންއެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ.

Ad
rt

އެމްއެމްސީ އިން ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުންދާއިރު، މިއަހަރު ދެ ކެޓަގަރީއަކުން އިނާމު ދޭން ވަނީ ނިންމާފައެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީއެވެ.

އެމްއެމްސީ އިން ވަނީ މައިގަނޑު 12 ދާއިރާއަކުން މިއަހަރު އެވޯޑު ދިނުމަށް ނިންމާފައެވެ. އެ ދާއިރާތަކަކީ:

1. ތަޙްޤީޤީ ނޫސްވެރިކަން
2. ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ
3. ސިޔާސީ
4. ޝަރުޢީ އަދި ޤާނޫނީ
5. ވިޔަފާރިއާއި އިޤުތިޞާދު
6. ކުޅިވަރު
7. ފޮޓޯ ޖާރނަލިޒަމް
8. ވީޑިއޯ ޖާރނަލިޒަމް
9. ގްރެފިކްސް އާއި އިލަސްޓްރޭޝަންސް
10. ފީޗަރ
11. އުންމީދީ ނޫސްވެރިޔާ
12. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ