ޗެއިން އޮފް ކަސްޓަޑީގެ ސައްޙަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓުގެ ހާއްސަ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި އެވެ.

މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ޗެއިން އޮފް ކަސްޓަޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެކެވެ.

Ad
rt

މި ޑައިރެކްޝަންގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލުކޮށްފައިވަނީ މުއްދަތުހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާ މެދު ސުވާލު އުފެދޭފަދަ ކަމެއް އޮތްނަމަ، ހެކިން ހާޒިރު ކޮށްގެން އެއީ އެމީހެއްގެ އަތުން ފެނުނު ތަކެތިކަން ކަށަވަރު ކުރެވިދާނެ ކަމަށެވެ.

އެ ޑައިރެކްޝަނުގައި އެ ތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެ ޗެއިންގައި ހިމެނޭ އެންމެހާ ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރަން ފަނޑިޔާރުން ނިންމިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ހެކިންގެ ހެކިބަހުން ތަހުލީލުކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭނަމަ އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވާނެ ކަމަށް ބަލަންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޗެއިން އޮފް ކަސްޓަޑީ އަކީ، ގާނޫނީ ނަޒަރަކުން ބަލާއިރު، ޖިސްމާނީ ނުވަތަ އިލެކްޓްރޯނިކް ހެކި ހިމެނޭގޮތަށް، ކަސްޓޯޑިއަލް، ކޮންޓްރޯލް، ޓްރާންސްފަރ، އެނަލިސިސް، އަދި މެޓީރިއަލްގެ ސީކުއެންސް ރެކޯޑްކުރާ ކްރޮނޮލޮޖިކަލް ލިއުމެކެވެ.

އެހެންނަމަވެސް މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދުމަށްޓަކައި ހިންގާ ޑެލިވަރީ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ބަހައްޓާފައި ހުންނާނީ ތުހުމަތު ކުރެވޭ މީހާގެ އަތުގަ އެވެ.