މިއަހަރުގެ މިހައިތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހައިތަނަށް 1،214،544 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ދައްކ އެވެ. އަދި މި އޮކްޓޯބަރ މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ވެސް 23،923 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

Ad
rt

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާބަލާ 38.3 ޕަސަންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 878،317 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖެނުއަރީ މަހު 131،764 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަދި ފެބްރުއަރީ މަހު 149،008 ފަތުރުވެރިން ރާއްޖެ އައިއިރު، މާރޗު މަހު 150،739 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މީގެ އިތުރުން އެޕްރީލް މަހު 145،280 ރާއްޖެ އައިއިރު، މެއި މަހު 125،522 ފަތުރުވެރިން އަދި ޖޫން މަހު 110،889 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި ޖުލައި މަހު 133،561 ފަތުރުވެރިން އޮގަސްޓު މަހު 131،862 ފަތުރުވެރިން ސެޕްޓެމްބަރު މަހު 111،987 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކަ އެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 59،615 އެނދު ހުރިއިރު، އޭގެތެރޭގައި 170 ރިސޯޓުގައި ހުރި 41،175 އެނދު، 867 ހޮޓެލް، ގެސްޓްހައުސް ގައި 15،576 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2864 އެނދު ހިމެނެ އެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ ކޮވިޑް-19 އަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުންކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން މިދިޔަ އަހަރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.