ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަމުމަށް އިއުލާން ކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދިނުމަށް އަންދާސީ ހިސާބު ހެށަހެޅުމަށް މި އޮކްޓޯބަރ މަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 11 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މި އޮކްޓޯބަރު މަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ 11:30 ގެ ކުރިން ނެވެ.

މި ދެރަށުގެ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ ވެލާނާގެ ތިންވަނަ ފަންގިފިލައިގާ ހުންނަ އެ މިނިސްޓްރީ އަށެވެ.

ހަނިމާދޫ އާއި ނޮޅިވަރަމަކީ މި ސަރުކާރުން ޓާފް ބޮޑު ދަނޑު ގާއިމު ކުރަން ނިންމި ރަށްތަކުން ކުރެ ދެ ރަށެވެ. މީގެ ތެރެއިން ހަނިމާދޫގައި ޓާފް ދަނޑެއް ތަރައްގީކޮށް ނިންމާފައިވާއިރު، ނޮޅިވަރަމް ދަނޑުގެ މަސައްކަތް އަދި އެއްކޮށް ނުނިމެއެވެ. އެ ދަނޑުގެ މަސައްކަތް ފުރިހަމަނުވެ ލަސްވާތީ އެ ރަށުގެ ޒުވާނުންނާއި، ކައުންސިލުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންމެވެ.