ދުނިޔޭގެ އެންމެ ހުދު ދަވާދު އިތުރަށް ލުއިކޮށް ވަރަށް ތުނިކޮށްލެވޭ ގޮތައް ހަދައިފި އެވެ.

މި ދަވާދު އުފެއްދީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިންޑިއާނާގެ ޕާޖޫ ޔުނިވާސިޓީގެ އިންޖިނިއަރުންގެ ޓީމަކުން މިދިޔަ އަހަރު އެވެ. މި ދަވާދު އުފައްދާފައިވަނީ ފޮޓޯގްރަފިކް ޕޭޕަރު އުފެއްދާ ކެމިކަލް ބޭނުން ކޮށްގެންނެވެ.

Ad
rt

އޭގެ ފަހުން މިހާރު އެ ޓީމުން ވަނީ އެންމެ ހުދު ދަވާދު ފްލައިޓާއި ކާރު އަދި ރޭލުގައި ބޭނުން ކުރަން ފައްކާކޮށްފަ އެވެ. މިތަކެތީގައި އެ ދަވާދު ބޭނުން ކުރުމަށް އެ ޓީމުން ވަނީ ދަވާދު އިތުރަށް ތުނިކޮށް ލުއިކޮށްފަ އެވެ. މި ދަވާދުގެ ސަބަބުން ކާރާއި ރޭލު އަދި ފްލައިޓުތަކުގައި ހޫނު ގަދަވުމުން އެއާކޮންޑިޝަންގެ ޓެމްޕަރޭޗާ މަތި ކުރަން ނުޖެހޭ ކަމަށް އިންޖިނިއަރުން ބުނެފައިވެ އެވެ. އޭގެ ސަބަބުން ކަރަންޓު ހަރަދުވެސް ކުޑަވާނެ ކަމަށް ބުންޏެވެ.

އެ ޓީމުން ބުނީ އެ ދަވާދުގައި 150 ލޭޔާގެ މައިކްރޯން ހިމަނާފައިވާނެ ކަމަށެވެ. އަދި އާންމު ދަވާދުތަކަށްވުރެ 80 ޕަސެންޓު ލުއިވާނެ ކަމަށެވެ.

މީގެ އިތުރުން، މި ދަވާދު ލާފައި ހުންނަ އިމާރާތްތަކަށް އެޅޭ އިރުގެ އަލީގެ 98 ޕަސެންޓު ރިފްލެކްޓުވާނެ ކަމަށް އެ ޓީމުން ބުނެފައިވެ އެވެ.

އިރުގެ އަލިން ރައްކާތެރި ކޮށްދީ އިމާރާތުގެ އެތެރޭގެ ފިނިހޫނުމިން މަތި ނުވާނެ ގޮތެއްގައި ހުންނަ ގޮތަށް ކަމަށްވާތީ އަލަށް އީޖާދު ކުރި ދަވާދަށް ގެނައި ބަދަލުތަކުގެ ތެރޭގައިވެސް އުޅަނދުތަކަށް ރައްކާތެރި ހަރަދު ކުޑަ ދަވާދަކަށް ވާނެކަމަށް ބުނެ އެވެ.

މިއީ ތިމާވެއްޓާއިވެސް ރައްޓެހި ދަވާދެއް ކަމަށް އެޓީމުން ބުނެ އެވެ.