ނިއުކްލިއާ ފިއުޝަން ރިއެކްޓާ އެއް އުފައްދައިގެން އެމެރިކާ ކުއްޖަކު ދުނިޔޭގެ ރެކޯޑެއް ހެދީ އުމުރުން އެންމެ 12 އަހަރުގައި އެވެ.
ޖެކްސަން އެސްވޯލްޓް ކިޔާ އެ ކުއްޖާ މި ރިއެކްޓާ އުފައްދައިގެން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދީ އުމުރުން 13 އަހަރު ފުރެން ގަޑިއެއްހާ އިރަށްވެފައި ވަނިކޮށެވެ.
ރެކޯޑު ފޮތުން ޖާގަ ލިބުމާއި ގުޅޭގޮތުން އާންމު ކުރި ވީޑިއޯގައި މީގެ ދެ އަހަރު ކުރިން ބުނީ އޭނާ އުފެއްދި ނިއުކްލިއާ ފިއުޝަން ރިއެކްޓާއިން ފެން ހޫނު ކުރެވި، އޭގެ އިންޖީނުން އުފެދޭ އާވިން ކަރަންޓު އުފެއްދޭނެ ކަމަށެވެ. އޭނާގެ މި އުފެއްދުންތައް ތައްޔާރުކޮށް ނިންމާލާފައިވަނީ ދެ އަހަރުންނެވެ.
އެސްވޯލްޓު ބުނީ ފިއުޝަން އުފެއްދުމުގައި އެންމެ އުނދަގޫވީ ވައި ބޭރު ނުވާނެ ގޮތެއް ހެދުމަށް ކަމަށެވެ. އެ މަސައްކަތަށް ދޮޅު އަހަރު މަސައްކަތް ކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.
އެ ފިއުޝަން އުފެއްދުމަށް ފަހު އެސްވޯލްޓް ވަނީ ގޭގައި ފިއުޝަން އުފައްދާ މީހުންގެ ލިސްޓުގައި ރަސްމީކޮށް ރެޖިސްޓްރީވެފައިވެ އެވެ. އަދި ސްޕެޝަން ހައި ސްކޫލް ކެޓަގަރީގައިވެސް ރެޖިސްޓްރީވެފައިވެ އެވެ.
އެ ލިސްޓުގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ސްކޫލް ސައިންސް ފެއާގައި ބައިވެރިވެ، 75،000 ޑޮލަރުގެ ކޮލެޖު ސްކޮލާޝިޕެއް ހޯދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!