ނިރުބަވެރި، ހަނގުރާމަވެރި ޖަމާއަތްްތަކުގެ ލިސްޓު އަލުން މުރާޖައާ ކުރުމަށް ފަހު އާންމުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު" ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހު ކަމަށެވެ.

Ad
rt

އެ ލިސްޓުގައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ ޓެރަރިސްޓް ޖަމާއަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީޚު ހިމެނޭގޮތަށް މުރާޖައާކޮށްފަ އެވެ.

މި ލިސްޓުގައި ނިރުބުވެރި ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ފާހަފަކޮށްފައި ވެއެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ވަނީ ފާހަގަކޮށްފަ އެވެ.