ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރު ކޮށްފި އެވެ.
ގިނިސް ބުކް އޮފް ވޯލްޑްރް ރެކޯޑުގެ އެ ޝަރަފު އޮންނަނީ ތުރުކިޔާއަށް ނިސްބަތްވާ ރުމޭސާ ގެލްގީ އަތުގައި އެވެ. އޭނާ މިރެކޯޑު ހޯދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބިފައި އޮތީ އެންމެ ދިގު ފުރާވަރު އަންހެން ކުއްޖާގެ ރެކޯޑެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރުމޭސާ އިސްކޮޅުން ދިގު ކަމުން އޭނާއަށް ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ދިމާވެ ދުވަހަކުވެސް ފްލައިޓެއްގައި ދަތުރު ކުރެވިފައެއް ނުވެ އެވެ. އުމުރުން 25 އަހަރުގެ ރުމޭސާގެ އިސްކޮޅުގައި ހަތް ފޫޓު 0.7 އިންޗި ހުރެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހަޔާތުގައި ގައުމުން ބޭރަށް އަދި ފްލައިޓުގައި ކުރާ ފުރަތަމަ ދަތުރުގައި އޭނާ ދިޔައީ ތުރުކީން އެމެރިކާއަށެވެ. އޭނާއަށް އެ ދަތުރު ކުރެވުނީ ޓާކިޝް އެއާލައިނުން ރުމޭސާއަށް ހާއްސަކޮށް ސްޓްރެޗާއެއް ފްލައިޓުގައި ހަރުކޮށްދިނުމުންނެވެ.
މި ހިދުމަތަކީ އާންމުކޮށް ވަރަށް ބަލި މީހަކާއި އެކު ނަރުހެއް ގެންދާއިރު ފްލައިޓުތަކުގައި ދޭ ހިދުމަތެކެވެ. ރުމޭސާ ބުނީ އެއީ އޭނާއަށް ކުރެވުނު ފުރަތަމަ ތަޖުރިބާ ކަމުން އުފާ ކުރާ ކަމަށެވެ. އަދި ގަބޫލު ކުރާ ގޮތުގައި ބަލި ނޫން މީހަކު ސްޓްރެޗާއެއްގައި ގެންދަން ޖެހުމުން އެއާލައިނަށްވެސް ކުރެވުނު ފުރަތަމަ ތަޖުރިބާއަށްވެސް ވާނެ ކަމަށެވެ.

ރުމޭސާ އެމެރިކާއަށް ކުރާ މި ދަތުރުގައި ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑުގެ އޮފިޝަލުންނާއި ބައްދަލު ކޮށް، އިވެންޓެއްގައި ބައިވެރިވާނެ އެވެ. އަދި އޭނާ ކުރިޔަށްދާން ބޭނުންވާ ދާއިރާ ކަމަށްވާ ސޮފްޓްވެއާ އިންޖިނިއަރިންގެ ދާއިރާއިން ކުރިޔަށް ދިއުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.
މީގެ އިތުރުން އޭނާ ދިޔަ އެމެރިކާގެ ސެން ފްރެންސިސްކޯގެ ޓޫރިސްޓު މަންޒިލްތައް ބަލާލަން ދިއުން ހިމެނެ އެވެ.
ދުނިޔޭގެ އެންމެ ދިގު އަންހެން މިހާގެ އިތުރުން އެންމެ ދިގު އިނގިލިތައް ހުރި އަންހެން މިހާ އާއި އެންމެ ދިގު އަތް އޮންނަ އަންހެން މީހާގެ ރެކޯޑުވެސް އޮންނަނީ ރުމޭސާ އަތުގައި އެވެ.

ރުމޭސާ އާދަޔާ ހިލާފަށް ދިގުވީ އުފަންވިރު ޖެހިފައިވާ ބައްޔެއް ކަމަށްވާ ވީވާ ސިންޑްރޯމްގެ ސަބަބުންނެވެ. އޭނާ ކިތަންމެ ދިގަސް މި ބަލީގެ ސަބަބުން ދިރިއުޅެން ޖެހިފައިވަނީ ފުރޮޅުލީ ގޮނޑީގައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!