ޅ. ހިންނަވަރުގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މުބްތަދާ އަލީ ކިޔާ ޒުވާނެކެވެ.

Ad
rt

ހިންނަވަރުން ''ތިލަދުން'' އަށް މައުލޫމާތުދިން މީހަކު ބުނީ އޭނާ ނިޔާވީ ފުޓްބޯޅަ ކުޅެ ނިމިގެން ފެން ބޯން ހުއްޓާ މެއަށް ތަދެއް އަރައިގެން ވެއްޓުމުން، ނައިފަރަށް ގެންދިޔަ ފަހުން ކަމަށެވެ.

މާފުށީ ޖަލުގައި ޑިއުޓީގައި ހުރި ޒުވާން އޮފިސަރަކު ވެސް ރޭ ދަންވަރު ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ.

މީގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ވޮލީ ކުޅެން ހުރި ޒުވާނަކު ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވީ، އދ. މާމިގިލީގައި އދ. ދިއްދޫއާއި އދ. ދަނގެތި ކުޅުނު ވޮލީ މެޗްގައި ކުޅެމުންދަނިކޮށެވެ. އޭނާ އަކީ އދ. ދިއްދޫއަށް ނިސްބަތްވާ، އަހްމަދު އަބްދުﷲ (ޑަކީ) އެވެ.

މިފަހަކަށް އައިސް މިފަދަ ކުއްލި މަރު ރާއްޖޭގައި އަންނަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެ އެވެ.