ގއ. ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީއަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
މި ހާދިސާގައި އެ ބިދޭސީ މީހާ ވެއްޓުނީ ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގެ ޓިނު ބަދަލު ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އޭނާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެމީހާއަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުން އަންނައިރު، އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް މިހާރުއަންނަނީ ކުރަމުން ނެވެ.
އުމުރުން 41 އަހަރުގެ އެމީހާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލު ލިބޭގޮތް އަދިވަނީ ނުވެފަ އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވެސް އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!