ޒުވާނުން، ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީން ތަޖްރީބާ ލިބިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް އިލްތިމާސް ކުރައްވައިފި އެވެ.
ޓެލެވިޒަން މޯލްޑިވްސް އިން ނަސްރުގެ ދުވަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް ވިދާޅުވީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއަށް ސިފައިން، އެތެރެއިން ތައްޔާރުވުމަށް ފުރުޞަތު ލިބިގެން ދިޔައީ ޝަހީދު ޙުޞައިން އާދަމްގެ ރައްދު ޙަމާލާތަކުގެ ސަބަބުން ކަމަށެވެ.
ޝަހީދު ޙުޞައިން އާދަމް ޝަހީދު ވަންދެން ވެސް ކެނޑިނޭޅި ދިޔައީ ނިރުބަވެރިންނަށް ހަމަލާ ދެމުންކަން ޝަމާލްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އިތުރަށް ވަޒަން ދިނުމަށް ޝަހީދު ޙުޞައިން އާދަމް ގޮވާލަމުން ދިޔަނަމަވެސް ގޭޓްކައިރީގައި ފޯރިމަރަން ހުންނަ ތަނަކީ އެތެރެއިން ވަދެވޭގޮތަށް ހެދިފައިވާ ތަނަކަށް ނުވުމުން ވަޒަން ފޯރުކޮށް ނުދެވުނު ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.
ނޮވެމްބަރ 3 ގެ ހަމަލާ ޝަމާލު ސިފަ ކުރެއްވީ ސިއްސުވާލި ވަރަށް ކުއްލިގޮތަކަށް އައި ވަރަށް ބޮޑު ހަމަލާއެއްގޮތަށެވެ. ސިފައިން ހިތްވަރާއެކު އެ ހަމަލާއަށް ކުރިމަތިލި ކުރިމަތިލެއްވުން ފާހަގަ ކުރައްވަމުން ޝަމާލު ވިދާޅުވީ ސިފައިންގެއިން ރައްދު ހަމަލާދިނުމަކީ، ނިރުބަވެރިންނަށް މަޢުލޫމާތު ލިބިފައިވާ ގޮތް ނޫންކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ. ނިރުބަވެރިންނަށް ޤައުމީ ދިފާޢުގެ މައި މަރުކަޒަށް ވަދެވުނުނަމަ ރާއްޖޭގެ "ދުވަސް ދިޔައީސް" ކަމަށް ސަމާލު ވިދާޅުވިއެވެ.
އެދުވަހު ޝަހީދުވެގެން ދިޔަ ޤައުމީ ބަޠަލުންނަށްޓަކައި ފަޚުރުވެރިވަން. ޚާއްޞަ ގޮތެއްގައި ޙުޞައިން އާދަމްގެ އާދަޔާ ޚިލާފު ޤުރުބާނީ އަޅުގަނޑު ފާހަގަކުރަން - ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް
ޝަހީދު ޙުސައިން އާދަމް އާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށާއި އޭނާ ފާހަގަ ކުރެއްވެނީ ވަރަށް ޕްރޮފެޝަނަލް ސިފައިންގެ މީހެއްގެ ގޮތުގައި ކަމަށް ޝަމާލް ވިދާޅުވިއެވެ. އެއާޕޯޓުގައި ޙުސައިން އާދަމްއާއެކު މަސައްކަތް ކުރަމުން ދިޔައިރު އެއީ ވަރަށް އަޚްލާޤް ރަނގަޅު ސިފައިންގެ މީހެއްގެ ގޮތުގައި ޙުޞައިން އާދަމް ފާހަގަކުރެއްވޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.
ޝަހީދު ހުޞައިން އާދަމަކީ ބޯޓު ދަތުރުކުރަން ދާން ބޭނުންވި ޒުވާނެއް ކަމަށާއި އެހެން ނަމަވެސް ސިފައިންގެއަށް ވަދެ އޭނާ އިސްކުރެއްވީ ޤައުމަށް ޚިދުމަތްކުރެއްވުން ކަމަށް ޝަމާލު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!