މިހާރު މުޅި ދުނިޔޭގައި މަޝްހޫރު ކްރިޕްޓޯ ކްރަންސީ އެއްކަމުގައިވާ ޓެރާ ކްރިޕްޓޯކަރަންސީ (ލޫނާ) އާއި ސްޓޭބަލްކޮއިން ނުވަތަ ޓެރާޔޫއެސްޑީ (ޔޫއެސްޓީ) ފައުންޑަރ ޑޫ ކޮވޯން ހޯދަން އިންޓަރޕޯލް އިން ރެޑްނޯޓީސް ނެރެފި އެވެ.

އޭނާ އާއި ދެކޮޅަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނީ އޭނާ ނިސްބަތްވާ ސައުތް ކޮރެއާއިން އެދިގެންނެވެ.

Ad
rt

ސައުތް ކޮރެއާގެ ޕްރޮސެކިއުޓާސްގެ ތަރުޖަމާނު ބައިނަލްއަގުވާމީ މީޑިއާގައި ވިދާޅުވީ ކޮވޯން އާއި ދެކޮޅަށް ތަހުގީގު ކުރަމުންދަނީ 40 ބިލިއަން އެމެރިކާ ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް ކަމަށެވެ.

އެނާ ވަނީ ޓެރާ ކްރިޕްޓޯ ކަރަންސީ އަށް އިންވެސްޓު ކުރި ގިނަ ބައެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައި އެވެ. ކޮވޯންގެ އިތުރުން އޭނާ އާއިއެކު މި މަސައްކަތުގައި އުޅޭ މީހުންގެ މައްސަލަތައްވެސް ސައުތް ކޮރެއާއިން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގަ ކްރިޕްޓޯ ކަރަންސީތަކާއި މެދު މީހުން ދެކޭ ގޮތް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދެކެވެ. އެފަދަ ތަޖުރިބާކާރުން މީޑިއާގައި ބުނެފައިވަނީ މިފަދަ މައްސަލަތައް ހިނގާފައިވާ ގޮތަށް ބަލާއިރު މި ހިޔާނާތާއި ކޮވޯން އާއި އެއްވެސް ގުޅުމެއް ނެތުމަކީވެސް ވެދާނެ ކަމެއް ކަމަށެވެ.

އެކަމަކު އެމީހުންވެސް ގަބޫލު ކުރާ އެއް ހަގީގަތަކީ ކޮވޯންގެ އުފެއްދުމެއް ކަމަށް ބުނާ ޓެރާ ކްރިޕްޓޯ ކަރަންސީ ނުވަަތަ ސްޓޭބަލް ކޮއިން އާއި ގުޅޭ ހަގީގަތެއް ނުވަތަ އެކަން ހިނގާ ގޮތުގެ އެންމެ ސައްޙަ މައުލޫމާތެއް އެމީހުންނަށް ނޭނގޭ ކަމެވެ.

މިދިޔަ މެއި މަހު ފެންމަތިވި މި މައްސަލަތަކުގެ ތަހުގީގަށް ކްވޯން ހޯދުމުގެ މަސައްކަތް ސައުތް ކޮރެއާއިން ފެށީ މިމަހުގެ ކުރީކޮޅެވެ. މިހާތަނަށް އޭނާ އުޅޭ ތަނެއް އެނގިފައި ނުވި ނަމަވެސް މިމަހުގެ ތެރޭގައި އޭނާ ވަނީ ޓުވިޓާ މެދުވެރިކޮށް ޖަވާބުދާރީވެފައި އެވެ.

އެ ޓުވީޓުގައި ބުނީ މައްސަލައިން އޭނާ ދިފާއު ވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އޭނާ އަކީ ކުށެއް ނެތް، އިތުބާރު ކުރެވޭ މީހެއްކަން ކުރިޔަށް އޮތް މަސްތަކުގައި ހާމަކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ޓެރަފޯމް ލެބްސް އުފެއްދީ 2018 ވަނަ އަހަރު އެވެ. ލޫނާ ޓޯކަންގެ އަގު މިފަހުން ވަނީ ވަރަށް ބޮޑު ތަނުން ވެއްޓިފަ އެވެ. އެއާއިއެކު ހައި ޕްރޮފައިލް ކްރިޕްޓޯ ހެޖް ފަންޑެއް ކަމަށްވާ ތްރީ އެރޯސް ކެޕިޓަލް ވެސް ވަނީ ބޭންކްރަޕްސީ އިޢުލާންކޮށްފަ އެވެ. އެ ފަންޑު ހުއްޓާލުމުން ގިނަ އަދަދެއްގެ ކްރިޕްޓޯ ލޯނު ދޫކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރުކުރިއިރު، އެ އަޑިގަޑުން އަރައިގަތުމަށް ބްލޮކްފައި އިން ވަނީ އެތައް ބިލިއަން ޑޮލަރުގެ ލޯނުވެސް ނަގާފައެވެ.