ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މަރްޔަމް ޝަފީޤު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ވަނީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އިސްމާއިލް އައްޒާމް ވަޖީހު އައްޔަނުކޮށްފައެވެ.

Ad
rt

އެންސްޕާ ސީއީއޯއަކަށް މިއަދު އައްޔަނު ކުރެއްވި މަރްޔަމް ޝަފީޤު ކުރިން ހުންނެވީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އާސަންދަ ކުންފުނީގެ އެމްޑީއަކަށް މިއަދު އައްޔަނު ކުރެއްވި އައްޒާމް ކުރިން ހުންނެވީ އެންސްޕާ ސީއީއޯ ގެ މަގާމުގައެވެ.

މަރްޔަމް ޝަފީޤް ވަނީ ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓަރ ޑިގްރީ ޙާސިލް ކުރައްވާފައެވެ. މަރްޔަމް ޝަފީޤު މީގެ ކުރިން ވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމާއި އެ އިދާރާގެ އިސް މަޤާމުތަކާއި ޞިއްޙީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.

އައްޒާމަކީ އެންސްޕާގެ ސީއީއޯކަން ކުރީގެ ސަރުކާރުގައި ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ އެ ކުންފުނީގެ އިތުރު އިސްމަގާމެއް ވެސް ފުރުއްވާފައެވެ.