ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާންފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ކޮއްދިއްޕަރު ރިސޯޓްކައިރީގައި އޮތް ލޯންޗެއްގައި ކަމަށެވެ.

Ad
rt

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްގެ އެފްއާރުއެސް އަށް ލިބިފައިވަނީ 12:09 ހާއިރު ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް އަދި އެ އިދާރާއިން ނުދެއްވައެވެ.