ސޯޝަލް މީޑިއާ ނެޓްވޯކް ޓިކްޓޮކްގައި ކުރިޔަށް ދާ ކައްކާ ޗެލެންޖެއްގައި "ނިކުއިލް" ބޭނުން ކުރާތީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އިންޒާރު ދީފި އެވެ.
"ނިކުއިލް" އަކީ ހުން އައުމާއި ކެއްސުން، އަދި މިފަދަ އެލާޖީތަކަށް ބޭނުން ކުރާ ދިޔާ ބޭހެކެވެ.
ޓިކްޓޮކްގައި ކުރިޔަށްދާ ކުކުޅު ކެއްކުމުގެ މި ޗެލެންޖުގައި އެކަކު އަނެކަކަށް ދަނީ ތަފާތު އެއްޗެހި އެއްކޮށްގެން ކުކުޅު ހެދުމަށް ޗެލެންޖު ކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ވަނީ "ނިކުއިލް" އަޅައިގެން ކުކުޅު ފިހުމަށް ގޮވާލާ މަޖާ ނަގަމުންނެވެ.
މިކަމުގައި ބަައިވެރިވި އެތައް ބަަޔަކު ވަނީ ތެލުގެ ބަދަލުގައި އެ ބޭސް އަޅައިގެން ކުކުޅު ފިހެފަ އެވެ. މި ގޮތަކަށް ހެދުމަށް މި ޗެލެންޖުގައި ބޭނުން ކުރާ ނަމަކީ "ސްލީޕީ ޗިކަން" އެވެ.
އެފްޑީއޭއިން ނެރުނު އިންޒާރުގައި ބުނީ މެޑިކަލް ބޭހެއް ތެއްޔަކަށް އަޅައިގެން ހޫނު ކުރުމަކީ، އެކަމުން ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށެވެ.
އެގޮތުން ނިކުއިލް އަޅައިގެން ތައްޔާރު ކުރާ ކުކުޅު ނުކެއަސް ބޭސް ތެއްޔަށް އަޅައި ހޫނު ވަމުންދާ ވަރަކަށް އޭގެ އާވި އަރައި ހަށިގަނޑަށް ނުރައްކާ މިންވަރަށް އޭގައި އެކުލެވޭ ޑްރަގްގެ އަސަރު ކުރާނެ ކަމަށެވެ.
އޭގެ ސަބަބުން ފުއްޕާމެއަށް ނުރައްކާވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ ކުރިންވެސް ޓިކްޓޮކްގައި ކުރިއަށްދިޔަ މިފަދަ ޗެލެންޖުތަކާއި ގުޅިގެން އެފްޑީއޭއިން ވަނީ މީގެ ކުރިންވެސް ސިއްހީ އިންޒާރު ނެރެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!