ގދ. ވާދޫގެ ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި ޑީއެމްދީ މުހައްމަދު ޝަރީފާއި ވާދޫ ކައުންސިލުގެ ނައިބު ރައީސް ހާޝިރު މުހައްމަދު އަދި ވާދޫ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިބްރާހިމް ދީދީއެވެ.

Ad
rt

ވާދޫ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން 2020 ވަނަ އަހަރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. ނަމަވެސް, އެމްޑަބްލިއުއެސްސީ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޮޅިވަޅުލުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ފެނަކައިންނެވެ.

ވާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަނީ ފެނަކައިންނެވެ. އެ މަސައްކަތް މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ.

މި މަސައްކަތުގެ ދަށުން ވާދޫގައި ފެން ހޮޅި ވަޅުލައި މަގުތައް ސާފު ކުރުމާއި ޕްރެޝަ ޓެސްޓު ކުރުމާއި ގޭގެއަށް ކަނެކްޝަން ގުޅައިދޭނެއެވެ.