ރާއްޖޭގެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރު، އަބްދުﷲ ވަހީދު އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަ ވީ އައިޖީއެމްޗްގައި ނިއުމޯނިއާއަށް ފަރުވާ ހޯއްދަވަނިކޮށް އުމުރުން 65 އަހަރުފުޅުގަ އެވެ.

Ad
rt

ޑރ ވަހީދަށް ސްޓްރޯކެއް ޖެހިގެން ސިއްހީ ދާއިރާއާ ދުރުގައި ހުންނަވާތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ.

ޕޮލިސް އިންޓެރްގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ރައީސްކަމާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާއިރު، ޑރ. އަބްދުﷲ ވަހީދު ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

ޑރ. ވަހީދު އަވަހާރަވިއިރު، އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ޑރ. ވަހީދުގެ ކަށުނަމާދު ބޭއްވުމަށް ނިންމާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު މަސްޖިދު ތައާވުން (އާސަހަރާ މިސްކިތު) ގަ އެވެ.