ވެރިކަމަށް އެރުމާއި އެކު ވަގުތުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ޑީއާރްޕީ ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި ޑޮލަރުގެ އަގު ހަތް ރުފިޔާއަށް ދަށް ކުރާނެ ކަމަށެވެ.
ޖާބިރު މިފަދައިން ވިދާޅުވެފައިވާ އިރު، އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ގައި ޑީއާރުޕީ ޓިކެޓުގައި ވާދަ ކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.
ޑޮަލަރުގެ އަގު ތިރިކުރާނެ އުކުޅުތައް ވިދާޅުވަމުން ޖާބިރު ވިދާޅުވީ ކަސީނޯތައް ހިންގަން ފެށުމާއި ވިޔަފާރިތައް ފުޅާ ކުރުމުން ޑޮލަރު އަގު ދަށްވާނެ ކަމަށެވެ. އަދި މިކަންކަމަކީ ހަޔާ އެޑިއުކޭޝަނާއި ގުޅިފައިވާ ކަންކަން ކަމަށާއި މި ވިޔަފާރިތައް ހިންގާނީ ހައިކޮށް ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
" އެފަދަ ގޮތް ގޮތުން ފައިސާ ހޯދޭ ނަމަ ޖީއެސްޓީ ބޮޑު ކުރަން ނުޖެހޭނެ. އަޅުގަނޑު ގެ ވެރިކަމެއްގަ ޑޯލަރުގެ އަގު ތިރިކުރާނަން. ހަތް ރުފިޔާ އަށް ތިރިކުރާނަން" ޖާބިރު ވިދާޅުވި އެވެ.
ކަސީނޯ ކުޅުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއްކަމަށްވާއިރު، މިއަދުގެ ޖަލްސާގައި އެފަދަ ވާހަކަ ނުދެއްކުމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އިރުޝާދެއް ނުދެއްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!