އުރީދޫ މޯލްޑިވްސް އިން، އެޕަލްގެ ފަހުގެ އައިފޯނުތަކަށް ޕްރިއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ފުރުސަތު ހުޅުވާލީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އަށް ޕްރިއޯޑާ ކުރުމުގެ ފުރުސަތެވެ. މިއީ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއިއެކު އުފައްދައިފާވައި އައިފޯން ލައިންއަޕް ފޯނުތަކެވެ.

Ad
rt

މި ފޯނުތަކަށް މިރެއިން ފެށިގެން މޫލީ މެދުވެރިކޮށް ޕްރީ އޯޑާ ކުރެވޭނެއެވެ.

ޕްރީ އޯޑާ ކަސްޓަމަރުންނަށް، އޯޑާ ކުރާ އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް 23 ސެޕްޓެމްބަރ 2022 އިން ފެށިގެން ލިބެމުންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު އަދި ޕްރީއޯޑާ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް http://ore.do/iphone އިން އޯޑަރު ކުރެވޭނެއެވެ.